ހިތަދޫގައި ހިންގި މާރާމާރީގައި އަނިޔާވި ޒުވާނާ މަރުވެއްޖެ

ސ. ހިތަދޫގައި ރޭ ހިންގި މާރާމާރީގައި އަނިޔާވި ޒުވާނާ ދެންމެ މަރުވެއްޖެ އެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު ހިތަދޫގެ ގެއަކަށް ވަދެ ރޭ 11 ޖަހަން އުޅެނިކޮށް ހިންގި މާރާމާރީގައި އަނިޔާވި ހިތަދޫ، އަތީނާ ހުސެއިން ޝިއާރު މަރުވީ އެ ރަށު ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށް މިއަދު ހެނދުނު 10:45 ހާއިރު އެވެ.

މަރުވި ޒުވާނާގެ ބުރަކައްޓަށާއި ބޮލުގެ ދެ ތަނަކަށް ވަނީ ހަމަލަދީފަ އެވެ. ހާއްސަކޮށް ބުރަކައްޓަށް ވަރަށް ފުންކޮށް ވަޅިން ހަމަލަދީފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

މި މާރާމާރީއާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.