ޖަލުގައި ހައްޔަރު ކޮށްފައި ތިބި މީހުންގެ ތެރެއިން ބަޔަކުޖަލު ތެރޭގައިހިންގި ހަމަނުޖެހުމެއްގައި ކަރެކްޝަންސްގެގާޑުންނަށް ކޮންޓްރޯލް ނު
އެކި މައްސަލަތަކުގައި ޖަލުގައި ހައްޔަރު ކޮށްފައި ތިބިމީހުންގެ ތެރެއިން ބަޔަކު، އިއްޔެ ޖަލު ތެރޭގައި ހިންގިހަމަނުޖެހުމެއްގައި، ޖަލުގައި ތިިބި ޑިޕާޓްމަންޓް އޮފްކަރެކްޝަންސްގެ ގާޑުންނަށް އެމީހުން ކޮންޓްރޯލްނުކުރެވިގެން ސިފައިންގެ އެހީއަށް އެދުމުން، އެމީހުންކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ޖަލުގައި ހައްޔަރުކޮށްފައި ހުރި މ. އޭޝިޔާ ހަސަން އީވާން ނަސީމް، މިހާދިސާގައި ރޭގެ ވަގުތެއްގައި ނިޔާ ވެއްޖެ އެވެ.
މި ހާދިސާ ހިނގުމާ ގުޅިގެން މި މައްސަލަބައްލަވައި މިކަމުގައި މަސްއޫލުވާ ފަރާތްތަކާއިއެފަރާތްތަކުން މަސްއޫލުވާ މިންވަރު ހޯއްދަވައި، މިކަމުގައިކުށްވެރިވާ މީހަކަށް ނުވަތަ ބަޔަކަށް އިސްލާމީ ޝަރީއަތާއިރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ލިބެން ޖެހޭއަދަބު ދިނުމަށް އެމީހަކު ނުވަތަ ބަޔަކު އިންސާފުގެކުރިމައްޗަށް ގެނައުމަށްޓަކައި ފުރިހަމަ ތަހުގީގެއްހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި އެވެ.
މި ތަހުގީގު ހިންގެވުމަށް ރައީސް ހަވާލުކުރެއްވީމިކަމަށްޓަކައި އައްޔަން ކުރެއްވި ރިޔާސީ ކޮމިޝަނަކާއެވެ. ރިޔާސީ ކޮމިޝަނުގެ އިސް ބޭފުޅަކަށްހަމަޖައްސަވާފައިވަނީ ދައުލަތަށް
ގިނަ ދުވަހު ޚިދުމަތް ކުރެއްވި އިއްޒަތްތެރިއެއް ކަމަށްވާއަބްދުއްސައްތާރު މޫސާ ދީދީ އެވެ. މި ކޮމިޝަނުގައިހިމަނުއްވާފައިވާ އެހެން ބޭފުޅުންނަކީ، އަލްއުސްތާޒުޝާހީން ހަމީދާއި، އާއިޝަތު މުހަންމަދު ދީދީ އާއި،އަބްދުﷲ ސައީދާއި، ޑރ. މުހަންމަދު ސާލިހު އެވެ.
މި މައްސަލަ ތަހުގީގު ކުރެއްވުމުގެ މަސައްކަތްމުސްތަގިއްލު ގޮތެއްގައި ހިންގެވުމަށް ރައީސް މި ކޮމިޝަނާމިއަދު ހަވާލު ކުރައްވައިފި އެވެ. ކޮމިޝަނުގެ މަސައްކަތްނިމުމުން، ސަރުކާރުން އެ ކޮމިޝަނުގެ ރިޕޯޓް ޝާއިއުކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖައްސަވާފަ އެވެ