ބިދޭސީ މީހާގެ މަރުގެ ދައުވާ ލިބޭ މީހާއަށް ވަކީލަކު ހަމަޖައްސަން އިތުރު ފުރުސަތެއް ދީފި
ލ. ގަމުގައި މިދިޔަ ޖޫން މަހު ބިދޭސީއަކު މަރާލި މައްސަލާގެ ދައުވާ ލިބޭ މީހާއަށް ވަކީލަކު ހަމަޖައްސަން އިތުރު ފުރުސަތެއް މިއަދު ވެސް ދީފި އެވެ. ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށް ވާ ބާދްޝާހް މިއާ ގަމު ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު މައްސަލާގައި ދައުލަތުން ދައުވާކުރަނީ އެރަށު ރެޑްފިޝް އަލީ ހަމްޒާގެ މައްޗަށެވެ. އެ މައްސަލާގައި ވަކީލަކު ހަމަޖައްސަން އޭނާ އަށް ކުރިން ވެސް ފުރުސަތު ދިނެވެ. މިއަދު ބޭއްވި އަޑުއެހުމުގައި ހަމްޒާ ބުނީ ވަކީލު… Read more
ލ. ގަމުގައި ބިދޭސީއަކު މަރާލި މައްސަލައިގެ ޝަރީއަތް ފަށައިފި
ލ. ގަމުގައި މިދިޔަ ޖޫން މަހު ބިދޭސީއަކު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރާ މީހާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ފަށައިފި އެވެ. ގަމު ގެއެއްގެ ތެރޭގައި މަރާލާފައި އޮތް ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ބާދްޝާހްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ އެރަށު ރެޑްފިޝް އަލީ ހަމްޒާގެ މައްޗަށެވެ. ހަމްޒާގެ ޝަރީއަތް މިއަދު ފަށައި، ވަކީލަކު ހަމަޖައްސަން ވަނީ ފުރުސަތު ދީފަ އެވެ. ފަސް ދުވަހުގެ ތެރޭގައި ވަކީލަކު ހަމަޖައްސަން ކޯޓުން ވަނީ ހަމްޒާ އަށް އެންގި… Read more