ޝިއާރުގެ މަރާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފި
މިދިޔަ މަހުގެ ތެރޭގައި ސ. ހިތަދޫގައި ހިންގި މާރާމާރީއެއްގައި މަރައިލި ހުސައިން ޝިއާރުގެ މަރުގެ މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ސ. ހިތަދޫ އަތީނާ، ޝިއާރު މަރާލި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެއްގެ އިތުރުން 20 އަހަރުގެ ދެ ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން 22 އަހަރުގެ މީހާ އާއި 20 އަހަރުގެ އެކަކު ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި އަނެއް ދެ މީހުން… Read more
ގަމުގައި ބިދޭސީ މީހާ މަރާލި މައްސަލާގައި ދިވެއްސަކަށް ދައުވާކޮށް، ކޯޓަށް ފޮނުވައިފި
ލ. ގަމުގައި މިދިޔަ މަހު ބިދޭސީއަކަށް ހަމަލާދީ އޭނާ މަރާލި މައްސަލާގައި ދިވެހި ފިރިހެނެއްގެ މައްޗަށް ދައުވާކޮށް، މިއަދު ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ. ބަންގްލަދޭޝްގެ މީހާ ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނީ ގަމުގެ ތުނޑީ އަވަށުގައި، އެ މީހާ އެކަނި ދިރިއުޅޭ ގޭގެ ތެރެއިންނެވެ. އެ މައްސަލާގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކުރި ނަމަވެސް އެ މީހުންގެ މައުލޫމާތެއް ފުލުހުން މިހާތަނަށް ހާމައެއް ނުކުރެ އެވެ. “ހަވީރަ”ށް އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ދިވެހި ފިރިހެނެއްގެ… Read more
ޝިއާރުގެ މަރުގެ މައްސަލަ ތަހުގީގުކުރަން ފުލުހުންގެ ޓީމެއް އައްޑުއަށް
މިދިޔަ ހޯމަ ދުވަހުގެ ރޭ ސ. ހިތަދޫގައި ހިންގި މާރާމާރީގައި ލިބުނު ޒަހަމްތަކުގައި މަރުވި ޒުވާނާގެ މަރުގެ މައްސަލަ ބަލަން ފުލުހުންގެ ޓީމެއް ރޭ އެރަށަށް ހިނގައްޖެ އެވެ. ފުލުހުންގެ މީޑީއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ މައްސަލަ ތަހުގީގުކުރަން ހިތަދު އަށް ދިޔައީ ސީރިއަސް ކްރައިމް ޑިޕާޓްމަންޓުގެ ޓީމެކެވެ. މާރާމާރީގައި ލިބުނު ޒަހަމްތަކުގައި މަރުވީ ހިތަދޫ، އަތީނާ، ހުސެއިން ޝިއާރު، 19، އެވެ. އޭނާ މަރުވީ އެ ރަށު ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް… Read more
ޝިއާރު މަރުވީ ބޮލަށް ލިބުނު ޒަހަމްތަކުން: ހޮސްޕިޓަލް
އައްޑޫގައި ތޫނު އެއްޗަކުން ހަމަލާ ދީގެން ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވި ޒުވާނާ މަރުވެފައި ވަނީ އޭނާގެ ބޮލަށް ލިބިފައިވާ ސީރިއަސް ޒަހަމްތަކާ ގުޅިގެން ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ. އެތަނުގެ އޮފިޝަލަކު ވިދާޅުވީ ހިތަދޫ އަތީނާ، ހުސައިން ޝިއާރު، 19، ގެ ބޮލުގެ ދެ ތަނެއް ވަރަށް ފުންކޮށް ޒަހަމްކޮށްލާފައި ހުރި ކަމަށެވެ. އަދި ރޭ 11 ޖަހަން އުޅެނިކޮށް އޭނާ ހޮސްޕިޓަލަށް ގެންދިޔައި އިރު ވެސް ބޮލުން ގިނަ… Read more
ހިތަދޫގައި ހިންގި މާރާމާރީގައި އަނިޔާވި ޒުވާނާ މަރުވެއްޖެ
ސ. ހިތަދޫގައި ރޭ ހިންގި މާރާމާރީގައި އަނިޔާވި ޒުވާނާ ދެންމެ މަރުވެއްޖެ އެވެ. މޫނު ނިވާކޮށްގެން ތިބި ބަޔަކު ހިތަދޫގެ ގެއަކަށް ވަދެ ރޭ 11 ޖަހަން އުޅެނިކޮށް ހިންގި މާރާމާރީގައި އަނިޔާވި ހިތަދޫ، އަތީނާ ހުސެއިން ޝިއާރު މަރުވީ އެ ރަށު ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށް މިއަދު ހެނދުނު 10:45 ހާއިރު އެވެ. މަރުވި ޒުވާނާގެ ބުރަކައްޓަށާއި ބޮލުގެ ދެ ތަނަކަށް ވަނީ ހަމަލަދީފަ އެވެ. ހާއްސަކޮށް ބުރަކައްޓަށް ވަރަށް ފުންކޮށް ވަޅިން… Read more