ފުވައްމުލަކުގައި ބިދޭސީ މީހާ މަރާލިކަމުގެ ތުހުމަތުގައި އިތުރު ބިދޭސީންތަކެއް ހައްޔަރުކޮށްފި
ފުވައްމުލަކުގައި އަނިޔާކޮށް މަރާލާފައިވާ އޮއްވާ މިދިޔަ ހަފުތާގައި ފެނުނު ބަންގްލަދޭޝްގެ މީހާގެ މަރުގެ މައްސަލާގައި އިތުރު ބަޔަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ބުރާސްފަތި ދުވަހު ވިދާޅުވީ އެ މައްސާލައިގައި ފުވައްމުލަކުން ހައްޔަރުކޮށްފައި ވަނީ ބިދޭސީންތަކެއް ކަމަށެވެ. ނަމަވެސް ހައްޔަރުކުރި މީހުންގެ އަދަދެއް އަދި ތަފްސީލެއް ވެސް އޭނާ ނުދެއްވަ އެވެ. މީގެ ކުރިން ވެސް އެ މައްސަލާގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފައިވެ އެވެ. “އަޅުގަނޑުމެންނަށް މި ވަގުތު ތަފްސީލަށް… Read more
ފުވައްމުލަކުގައި މަރާލި މީހާ މާލެ ގެނެސް މޯޗަރީ އަށް ލައިފި
އަނިޔާކޮށް މަރާލާފައި އޮއްވާ ފުވައްމުލަކުން އިއްޔެ ފެނުނު ބަންގްލަދޭޝް މީހާގެ ހަށިގަނޑު މިއަދު މާލެ ގެނެސް މޯޗަރީ އަށް ލައިފި އެވެ. ފުވައްމުލަކު ފަޅު ގޯއްޗެއްގައި ހުރި ވަޅުގަނޑެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު ޝަރީފްގެ ހަށިގަނޑު، ތަހުގީގަށް ބޭނުންވާ މައުލޫމާތު ފުރިހަމަކުރެވެންދެން މޯޗަރީގައި ބާއްވާނެ ކަމަށް ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ. “ހަށިގަނޑު އިތުރަށް ބަލަން ޖެހޭތޯ ނޫންތޯ ބެލުމަށް ފަހު އާއިލާ އާއި އެމްބަސީއާ ގުޅިގެން ހަށިގަނޑާ މެދު ގޮތެއް ނިންމާނީ،” އޭނާ ވިދާޅުވި… Read more
ފުވައްމުލަކުގައި މީހަކު މަރާލި މައްސަލާގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި
އަނިޔާކޮށް މަރާލާފައިވާ ކަމަށް ބެލެވޭ ބިދޭސީ މީހާގެ މަރުގެ މައްސަލާގައި ފުލުހުން ފުވައްމުލަކުން ދެ ބިދޭސީއަކު ރޭ ހައްޔަރުކޮށްފި އެވެ. ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ބަންގްލަދޭޝްގެ އެ މީހާ ވަނީ މަރާލާފައި ކަމަށް ބެލެވޭ ކަމަށާއި އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ވެސް ބަންގަލަދޭޝްގެ ދެ މީހަކު ކަމަށެވެ. “މިހާތަނަށް ބެލިބެލުމުން ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން މާޑާ ކޭސްއެއްގެ ގޮތުގައި އަޅުގަނޑުމެން ބަލަމުން މި ދަނީ. އަދި ތުހުމަތުކުރެވޭ ދެ މީހަކު ރޭ މިވަނީ ހައްޔަރުކޮށްފައި. ބޮޑަށް… Read more
ބިދޭސީ މީހާ އޮތީ މަރާލާފައި ކަމަށް ބެލެވޭ: ފުވައްމުލަކު ކައުންސިލް
“ބަންގްލަދޭޝްގެ އެ މީހާ އައީ ރޯދަ އަށް އަމިއްލަ ގައުމަށް ދާން ތައްޔާރުވަމުން، އޭނާ ގިނަ އަދަދެއްގެ ފައިސާ ގެންގުޅުނު ކަމަށް ބެލެވޭ” މަރުވެފައި އޮއްވާ ފުވައްމުލަކު ފަޅު ގޯއްޗެއްގެ ތެރެއިން މިއަދު ފެނުނު ބިދޭސީ މީހާގެ ހަށިގަނޑުގައި ޒަޚަމްތައް ހުރި ކަމަށާއި ފޭރުމަށްޓަކައި އޭނާ އަށް އަނިޔާކޮށް މަރާލާފައިވާ ކަމަށް ބެލެވޭ ކަމަށް ފުވައްމުލަކު އަތޮޅު ކައުންސިލްގެ ނާއިބު ރައީސް އަލީ ފަޒާދު މިރޭ ވިދާޅުވެއްޖެ އެވެ. ފަޒާދު ވިދާޅުވިގޮތުގައި ފުވައްމުލަކު ދޫނޑިގަން އަވަށުގައި އިމާރާތްކުރަން… Read more
ފުވައްމުލަކު ފަޅު ގޯއްޗެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
ފުވައްމުލަކުގައި ހަދަމުން ދިޔަ ގެއެއްގެ ގޯތިތެރޭގައި ހުރި ވަޅުގަނޑެއްގެ ތެރޭގައި ބިދޭސީ ފިރިހެނަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ. ފުލުހުންގެ އޮފިޝަލަކު ވިދާޅުވިގޮތުގައި އޭނާ މަރުވެފައި އޮއްވާ ފެނުނީ އެ ރަށު ދޫނޑިގަން އަވަށު ނައިބުތުއްތު މަގު ކައިރީގައި އޮންނަ ގޯއްޗަކުންނެވެ. “އޭނާ ފެނުނީ ވަޅުބުރިއެއް ތެރޭގައި އޮއްވާ. އަޅުގަނޑުމެން މި ދަނީ އޭނަގެ މަރު ތަހުގީގު ކުރަމުން،” އޮފިޝަލް ވިދާޅުވި އެވެ. އޭނާ ތަފްސީލެއް ނުދެއްވަ އެވެ. ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް ހަސަން… Read more